ili ގައި އެންޑް-ޓު-އެންޑް އެންކްރިޕްޝަނުގެ މާނައާއި، ސެކިއުރިޓީ ކޯޑުން ޗެޓެއް ޗެކްކުރާނެ ގޮތް.
ތިބާގެ ޗެޓުތައް އެންޑް-ޓު-އެންޑް އެންކްރިޕްޓްކޮށްފައި
އެންޑް-ޓު-އެންޑް އެންކްރިޕްޝަނުން ތިބާ ފޮނުވާ ތަކެތި ތިބާއާއި ޗެޓުގައި ތިބި މީހުންގެ މެދުގައި ރައްކާކުރެއެވެ. އެ ތަކެތި ތަޅުލެވެނީ ތިބާގެ ފޯނުގައި، ހުޅުވޭނީ ހަމައެކަނި އެމީހުންގެ ފޯނުގައެވެ. އެހެން އެއްވެސް މީހަކަށް، ili އަށްވެސް، އެ ތަކެތި ކިޔައި، އަޑުއަހައި ނުވަތަ ހިއްސާ ނުކުރެވޭނެއެވެ. އޭގެ ތެރޭގައި، އެކަކާ އެކަކު ކުރާ ޗެޓުތަކާއި ގްރޫޕުތަކުގައި ފޮނުވާ މެސެޖު، ފޮޓޯ، ވީޑިއޯ، ފައިލް، ވޮއިސް މެސެޖު އަދި ކޯލްތައް ހިމެނެއެވެ.
ili ގެ ސާވަރުތަކުން ކުރަނީ ތަޅުލާފައިވާ މެސެޖުތައް ފޮނުވައިދިނުން ހަމައެކަނި. ތިބާ ލިޔާ އެއްޗެއް އެއަށް ދުވަހަކުވެސް ނުފެނޭ: ހޯދުމާއި، ނުކިޔާ މެސެޖުގެ އަދަދާއި، ތިބާގެ ޗެޓް ލިސްޓު ހެދެނީ ތިބާގެ ފޯނުގައި. ނޯޓިފިކޭޝަނުގެ ޕްރިވިއުވެސް ޑިކްރިޕްޓްކުރެވެނީ ތިބާގެ ފޯނުގައި.
ޕަބްލިކް ޕޯސްޓްތައް އެންޑް-ޓު-އެންޑް އެންކްރިޕްޓްކޮށްފައެއް ނުވެއެވެ، އަދި އާންމު ކޮމިއުނިޓީއެއްގެ ޗެނަލްތަކުގެ މެސެޖުތައްވެސް އެހެނެވެ: އެތައް ili ގައި ތިބި ކޮންމެ މީހަކަށް ފެނޭނެ، އަދި އެޕުގައި އެކަން ބުނެދޭނެ. ޕްރައިވެޓް ކޮމިއުނިޓީއެއްގެ ނަމާއި ކޮންމެ ޗެނަލެއް އެންޑް-ޓު-އެންޑް އެންކްރިޕްޓްކުރެވިފައި.
ސެކިއުރިޓީ ކޯޑު
ކޮންމެ ޗެޓެއްގައި ސެކިއުރިޓީ ކޯޑެއް އޮވޭ. އެއިން، ތިބާ ވާހަކަދައްކަނީ ޞައްޙަ މީހަކާކަން ބަލައިލެވޭނެ.
- ޗެޓުގެ މެނޫ ހުޅުވައި ސެކިއުރިޓީ ކޯޑު އަށް ޓެޕްކުރައްވާ.
- ނަންބަރުތައް އަނެއް މީހާއާ ސީދާ ބައްދަލުވެގެން އަޅާކިޔާލައްވާ.
- އެއްގޮތްވާނަމަ، ވެރިފައިކުރެވިއްޖެކަމަށް ނިޝާންކުރޭ އަށް ޓެޕްކުރައްވާ.
ވެރިފައިކުރި ކޮންޓެކްޓެއްގެ ކޯޑު ބަދަލުވެއްޖެނަމަ (މިސާލަކަށް، އެކައުންޓް އަނބުރާ ނުގެނެސް އާ ފޯނެއްގައި އަލުން ފެށުމުން)، ili އިން އެކަން ތިބާއަށް އަންގާނެ، އަދި އާ ކޯޑު ޗެކްކުރުމަކާ ނުވަތަ ގަބޫލުކުރުމަކާ ހަމައަށް އެމީހަކަށް ފޮނުވާ މެސެޖުތައް މަޑުކުރާނެ.
ޗެޓުތައް ޕްރައިވެޓްކޮށް ބެހެއްޓުމަށް އިތުރު ގޮތްތައް
- އެޕް ލޮކް (ސެޓިންގްސް › ޕްރައިވެސީ): ili ހުޅުވާއިރު ފޭސް އައިޑީ ނުވަތަ ޕާސްކޯޑު ބޭނުންވާނެ.
- އެޕް ސްވިޗަރގައި ޗެޓްތައް ފޮރުވާ: އެޕް ބަދަލުކުރާއިރު ތިބާގެ ޗެޓްތައް ފޮރުވާލާނެ.
- ޗެޓް ބެކަޕް (ސެޓިންގްސް › ޗެޓްސް › ޗެޓް ބެކަޕް): ތިބާ އޮން ނުކުރާހާ ހިނދަކު އޮފްކޮށް އޮންނާނެ. ބެކަޕް އެންކްރިޕްޓް ކުރެވޭތީ އެ ހުޅުވޭނީ ހަމައެކަނި ތިބާގެ އެކައުންޓަށް، އަދި އެ ދަނީ ތިބާ ހޮވާ ފޯލްޑަރަކަށް؛ ili އަށް އެ ނުލިބޭނެ.
ili ބަހައްޓާ ކޮންމެ އެއްޗަކާއި އޭގެ ސަބަބު ޕްރައިވެސީ ޕޮލިސީ ގައި ލިޔެވިފައިވޭ (އިނގިރޭސިން).